ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިން ފުރަތަމަ އެވޯޑްތައް 21 ވިޔަފާރިއަކަށް
ސަން
29 ނޮވެމްބަރު 2025 | ހޮނިހިރު | 12:13
އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް (އެމްއެސްއެމްއީ)އަށް ޚާއްސަކޮށް އެވޯޑު ހަފުލާއެއް ފުރަތަމަ ފަހަރަށް ބާއްވައި، 21 ވިޔަފާރިއަކަށް ރޭ އެވޯޑުތައް ދީފިއެވެ.
އެމްއެސްއެމްއީ އެވޯޑް ދެނީ އިކޮނޮމިކް މިނިސްޓްރީއާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ. އެއީ، ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ހޯދަމުން އަންނަ ކާމިޔާބީތައް ފާހަގަކޮށް، ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑްތަކެއް ކަމަށް ބީސީސީން ބުނެފައިވެއެވެ.
މި އެވޯޑު ދީފައި ވަނީ، ދެ ގިންތިއަކަށް ބަހާލައިގެނެވެ. އެއީ، ފަނޑިޔާރުންގެ މާކްސްއިން ހޮވާ ގިންތިއާއި އާންމުން ވޯޓަށް ބަލާ ގިންތިއަކުންނެވެ.