ފަލަސްޠީނު ރައްޔިތުންނާއެކު ތިބިކަން އަމަލީ ގޮތުން ދައްކަންޖެހޭ: ރައީސް
ސަން
29 ނޮވެމްބަރު 2025 | ހޮނިހިރު | 1:31
ފަލަސްޠީނު ރައްޔިތުންނާއެކު ދުނިޔެ އެއްބައިވަންތަކަންމަތީ ދެމިތިބިކަން, އަމަލީގޮތުން ދެއްކުން އިތުރުކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިގޮތަށް ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ، ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ، ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގުވާމީ ދުވަސް ފާހަގަކުރާއިރު، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ، އިސްރާއިލުން ޣައްޒާއަށް މެދުކެނޑުމެއްނެތި ދޭ ހަމަލާތަކާ ރާއްޖެއިން ދެކޮޅުކަން ފާހަގަކުރައްވާފައެވެ. އަދި ގަވައިދާ ޚިލާފަށް ފަލަސްޠީނުގައި އިސްރާއީލު ރައްޔިތުން އާބާދުކުރުމާ ދެކޮޅުކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.