ދިވެހީން އާ ވިޔަފާރިތަކަށް ވަނުމަށް ހުރި ހުރަސްތައް މަދުކުރަން އަންނަނީ މަސައްކަތްކުރަމުން: ޒަމީރު

ސަން

29 ނޮވެމްބަރު 2025 | ހޮނިހިރު | 3:05

ދިވެހީން އާ ވިޔަފާރިތަކަށް ވަނުމަށް ހުރި ހުރަސްތައް މަދުކުރުމަށް މި ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރޭ ވިދާޅުވެއްޖެއެވެ.

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެވޯޑު ދިނުމަށް ބޭއްވި ހަފުލާގައި ޒަމީރު ވިދާޅުވީ، އެފަދަ ވިޔަފާރިތައް ހަރުދަނާ ކުރުމަކީ މި ސަރުކާރުގެ އިގުތިސާދީ އެޖެންޑާގެ މުހިންމު އެއް އަމާޒު ކަމަށެވެ. އެގޮތުން ހުރިހާ އަތޮޅުތަކާއި ރަށްރަށުގައި ވިޔަފާރިތައް ހަރުދަނާ ކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންވެ، މާލީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ ވަސީލަތްތައް ގާއިމުކޮށް، މާކެޓްތަކާ ގުޅުން ބަދަހިކުރުމާއި ޑިޖިޓަލް ކުރުން ކުރިއެރުވުމާއި އާ ވިޔަފާރިތަކަަށް ވަނުމަށް ހުރި ހުރަސްތައް މަދުކުރުމަށް މި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ޒަމީރު ވިދާޅުވިއެވެ.

މައުޟޫޢުތަށް