ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި 123 މަރު، އެހީ ފޯރުކޮށްދެވޭނެ ގޮތްތައް އާންމުކޮށްފި
ސަން
29 ނޮވެމްބަރު 2025 | ހޮނިހިރު | 3:27
ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް، އެހީ ފޯރުކޮށްދިނުމަށް އެ ގައުމުން މިއަދު އެދިއްޖެއެވެ.
މިދިޔަ ހަފުތާއިން ފެށިގެން ލަންކާއަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި، ބިންގަނޑު ކަނޑައިގެން ދިއުމުން ގެތަކާއި ދަނޑުތަކާއި މަގުތަކުގައި ފެންބޮޑުވެފައިވެއެވެ.
ލަންކާގެ ނޫސްތަކުގައިވާ ގޮތުން، ތޫފާނުގެ ސަބަބުން މިހާތަނަށް 123 މީހަކު މަރުވެ، 130 މީހަކު ގެއްލިފައިވެއެވެ. އެ މީހުން ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، އަދިވެސް ބޯކޮށް ވާރޭވެހެމުން ދިޔުމުންނާއި ފެންބޮޑުވެ، މަގުތައް ބަންދުވެފައި ވުމުން އެ މަސައްކަތަށް ދަތިތަކާ ކުރިމަތިވެފައިވެއެވެ.