އަތޮޅު ކައުންސިލްތައް އުވުނަސް، މުވައްޒަފުންގެ މަގާމުތަކާއި ވަޒީފާއަށް ބިރެއް ނެތް: އާދަމް ޝަރީފް
ސަން
29 ނޮވެމްބަރު 2025 | ހޮނިހިރު | 4:11
އަތޮޅު ކައުންސިލްތައް އުވުނަސް، މުވައްޒަފުންގެ މަގާމުތަކާއި ވަޒީފާ ގެއްލޭނެ ކަމުގެ ބިރެއް ނެތް ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން، އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފައެވެ. އެކަމާ ގުޅިގެން ބައެއް މީހުން އަންނަނީ، ވަޒީފާތައް ގެއްލޭނެ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މާލެ އަތޮޅު ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ "ކާފު ފޯރަމް" ފެށުމަށް ރޭ ބޭއްވި ރަސްމިޔާތުގައި އެ ވާހަކައަށް މިނިސްޓަރު ވަނީ ރައްދު ދެއްވާފައެވެ.