ލަންކާގައި ތިބި ދިވެހީންނަށް ކާބޯތަކެތި ފޯރުކޮށްދީ، އެއާޕޯޓުގައި ތާށިވެފައިވާ މީހުންނަށް އެހީވަނީ
ސަން
29 ނޮވެމްބަރު 2025 | ހޮނިހިރު | 3:57
ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން, އެ ގައުމުގައި ތިބި، އެހީތެރިކަން ބޭނުންވެފައިވާ ދިވެހީންނަށް ފެނާއި ބައެއް އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި ކަމަށް ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ބުނެފިއެވެ.
ޕީއެސްއެމްއަށް މައުލޫމާތުދެމުން ލަންކާ ހައި ކޮމިޝަނުން ބުނީ، ފެންބޮޑުވުމުގެ ހާދިސާގައި އެހީތެރިކަން ބޭނުންވާ ފަރާތްތައް ރިޕޯޓުކުރުމަށް ކޯލް ސެންޓަރެއް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި އެހީތެރިކަމަށް އެދޭ، ކާބޯތަކެތި ހޯދަން އުނދަގޫ ހިސާބުތަކުގައި ދިރިއުޅޭ ދިވެހިންނަށް ޒަރޫރީ ކާބޯތަކެއްޗާއި ފެން ފޯރުކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް ކޮމިޝަނުން މައުލޫމާތުދިނެވެ.
ލަންކާއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ވަރަށް ގިނަ މީހުން އެ ގައުމުގެ ބައިނަލްއަގްވާމީ އެއާޕޯޓްގައި ތާށިވެފައި އެބަތިއްބެވެ. އޭގެ ތެރޭގައި ރާއްޖެއަށް ފުރަން އުޅުނު ދިވެހީންވެސް ހިމެނެއެވެ.