ލަންކާ ވިއްސާރަ: ނުފުރި ތިބި ދިވެހީންނަށް ވެސް ވިސާގެ ލުއިތަކެއް

ސަން

29 ނޮވެމްބަރު 2025 | ހޮނިހިރު | 5:23

ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެ ގައުމުން ނުފުރި ތިބި މީހުންނަށް ވިސާގެ ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ.

މިދިޔަ ހަފުތާއިން ފެށިގެން ލަންކާއަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުން ފަދަ ނުރައްކާތެރި ހާދިސާތައް ހިނގައިފައިވެއެވެ.

ލަންކާގެ ނޫސްތަކުގައިވާ ގޮތުން، ތޫފާނުގެ ސަބަބުން މިހާތަނަށް 123 މީހަކު މަރުވެ، 130 މީހަކު ގެއްލިފައިވެއެވެ. އެ މީހުން ހޯދުމަށް މަސައްކަތް ކުރަމުން އަންނައިރު، އަދިވެސް ބޯކޮށް ވާރޭވެހެމުން ދިޔުމުންނާއި ފެންބޮޑުވެ، މަގުތައް ބަންދުވެފައި ވުމުން އެ މަސައްކަތަށް ދަތިތަކާ ކުރިމަތިވެފައިވެއެވެ.

މައުޟޫޢުތަށް