އެމްޑީޕީ ޗެއާޕާސަން ކަމަށް މީކާއިލް ވާދަކުރައްވަނީ
ސަން
29 ނޮވެމްބަރު 2025 | ހޮނިހިރު | 7:20
އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް، ވާދަކުރައްވަން ނިންމަވައިފިއެވެ.
'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވައި މީކާއީލް ވަނީ އެމްޑީޕީގެ އާންމު މެންބަރުންގެ އެއްބާރުލުމާއި ތާއީދަށް އެދިވަޑައިގެންފައެވެ.
މީކާއީލަކީ، މަޖިލީހުގައި ހިމެނޭ ޒުވާން މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ އެންމެ ފުރަތަމަ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމަށެވެ. އެއަށްފަހު އޭނާ ވަނީ ދެވަނަ ފަހަރަށް ވެސް ގޮނޑި ދިފާއުކުރައްވައި 20 ވަނަ މަޖިލީހުން ވެސް ޖާގަ ހޯއްދަވައިފައެވެ.