ރާއްޖޭގެ އިތުރުން ބޭރުގެ މާކެޓުތަކަށް ސަން ޓްރެވަލްސް ފުޅާކުރަނީ

ސަން

29 ނޮވެމްބަރު 2025 | ހޮނިހިރު | 9:13

ރާއްޖޭގެ އިތުރުން ބޭރުގެ އެހެން މާކެޓުތަކަށް ހުޅުވާލަން ތައްޔާރު ކަމަށް، ސަން ޓްރެވަލްސްއިން ހާމަކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ސަން ޓްރެވަލްސް ރީބްރޭންޑްކުރުމަށް ސަން ސިޔާމް އޮޅުވެލީގައި ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން ސަން ސިޔާމް ރިސޯޓްސްގެ ސީއީއޯ ދީޕަކް ބޫނީޑީ ވިދާޅުވީ، ސަން ޓްރެވަލްސްއިން އަމާޒު ހިފަނީ އާ ފުރުސަތުތައް ހުޅުވާލައި، ބޭރުގެ އާ މާކެޓުތަކަށް ރާއްޖެ ހުޅުވާލުމަށް ކަމަށެވެ.

"އަޅުގަނޑުމެން އަމާޒު ހިފަނީ އާ ފުރުސަތުތައް ހުޅުވާލުމަށް. އެގޮތުން ބޭރުގެ އާ މާކެޓުތަކަށާއި އާ މަންޒިލްތަކަށް ފުރުސަތު ހުޅުވާލުމަށް،" ދީޕަކް ވިދާޅުވިއެވެ.

މައުޟޫޢުތަށް