އެމްޑީޕީން ތަހައްމަލުކުރަނީ ދަތި ދުވަސްތަކެއް، ގިނަ މެންބަރުން ބޭނުންވަނީ އެކަތިގަނޑަކަށް ވާން: ނަޝީދު
ސަން
29 ނޮވެމްބަރު 2025 | ހޮނިހިރު | 8:58
އިދިކޮޅު މައި ޕާޓީ އެމްޑީޕީން މިވަގުތު ތަހައްމަލުކުރަމުން ދަނީ ދަތި ދުވަސްތަކެއް ކަމަށާއި، އެ ޕާޓީގެ ގިނަ މެންބަރުން މިއަދު ބޭނުންވަނީ ޕާޓީ އެކަތިގަނޑަކަށް ވާން ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ޙުސައިން ޞަލާޙުއްދީންގެ ޅެން ބައިތެއް ހިއްސާކުރައްވައި މިއަދު މެންދުރުފަހު 'އެކްސް'ގައި ނަޝީދު ލިޔުއްވި ޕޯސްޓެއްގައި ވަނީ އެމްޑީޕީން މިވަގުތު ދަނީ ދަތި ދުވަސްތަކެއް ތަޖުރިބާކުރަމުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މި ހާލަތުން އެ ޕާޓީ އަރައިގަންނާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"މިއަދު އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން އެ ބުނަމުން ދަނީ މުހިންމީ ޕާޓީގެ ޔުނިޓީ ކަމަށް،" އެމްޑީޕީގެ ޗެއާޕާސަންކަމާއި ރައީސްކަންވެސް މީގެ ކުރިން ކުރެއްވި ނަޝީދުގެ ޕޯސްޓުގައިވެއެވެ.