ސަވައިލެންސް މަސައްކަތަށް ޖަޕާނުން ރާއްޖެއަށް، 82 ފޫޓުގެ އުޅަނދެއް ހަދިޔާކޮށްފި
ސަން
29 ނޮވެމްބަރު 2025 | ހޮނިހިރު | 10:12
ރާއްޖޭގެ ބައިނަލްއަގްވާމީ ބަނދަރުތައް ބެލެހެއްޓުން ހަރުދަނާކުރުމަށާއި، ސަވެއިލެންސްގެ މަސައްކަތަށް 82 ފޫޓުގެ ޕެޓްރޯލް ވެސަލްއެއް ޖަޕާނު ސަރުކާރުން، މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ހަދިޔާކޮށްފިއެވެ.
މިއީ، ރާއްޖޭގެ ބަނދަރުތައް ބެލެހެއްޓުން ހަރުދަނާކުރުމަށާއި ސަވެއިލެންސްގެ މަސައްކަތަށް، ޖަޕާން ސަރުކާރުގެ "އިކޮނޮމިކް ކޯޕަރޭޝަން ގްރާންޓް އެކްޓް" ގެ ދަށުން ހަދިޔާކުރި އުޅަނދެކެވެ.
މި އުޅަނދު އޮޕަރޭޓްކުރުމަށް ރޭވިފައި ވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑްއާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެންނެވެ.