ޖިންސީ ގޯނާގެ ތުހުމަތުގައި ދަ ޓްރެވަލް ގާއިސްއިން ސަނީ އުމަރު ވަކިކުރަނީ

ސަން

29 ނޮވެމްބަރު 2025 | ހޮނިހިރު | 10:36

މޯލްޑިވްސް ހަލާލް ޓްރެވެލް ބްރޭންޑުގެ ދަށުން ޓްރެވަލް ދާއިރާގެ ޚަބަރުތައް ގެނެސްދޭ މީޑިއާއަކާއި ޓްރެވަލް އޭޖެންސީ ހިންގާ ޕީއާރު ކުންފުނި "ދަ ޓްރެވަލް ގާއިސް"ގައި އިސްކޮށް އުޅުއްވި ޑރ. ހުސައިން ސަނީ އުމަރުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުގެ ސަބަބުން، އެ ކުންފުނިން އޭނާ ވަކިކުރަން ނިންމައިފިއެވެ.

މިއަދު އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކުންފުނީގައިވާ ސަނީގެ އެއްވެސް ހިއްސާއެއް ބޭރުގެ އެއްވެސް ފަރާތަކަށް ވިއްކާނުލާނެ ކަމަށާއި، އެ ހިއްސާތައް ދައުރުކުރަމުން ދާނީ ކުންފުނީގެ އެތެރޭގައި ކަމަށެވެ.

"[ސަނީގެ] ހިއްސާތައް މި ކުންފުނީގެ ތެރޭގައި ހުންނާނެ، އަދި ބޭރުގެ އެއްވެސް ފަރާތަކަށް ހިއްސާއެއް ނުވިއްކާނެ، [ހިއްސާތައް ބަދަލުކުރުމުގެ] ކަންކަން ކުރިއަށްދާނީ ގާނޫނުތަކާއި ކޯޕަރޭޓް ގަވަނަންސްގެ މިންގަނޑުތަކުގެ ތެރެއިން، މި ކަންކަން ވީއެންމެ އަވަހަކަށް ކޮށް ނިންމާނަން،" އެ ބަޔާނުގައިވެއެވެ.

މައުޟޫޢުތަށް