ތިނަދޫގެ ގެއެއްގައި ހަށިވިއްކި މައްސަލައިގައި ދިވެއްސަކާއި ބިދޭސީއަކު ހައްޔަރުކޮށްފި
ސަން
29 ނޮވެމްބަރު 2025 | ހޮނިހިރު | 11:34
ތިނަދޫގެ ގެއެއްގައި ހަށިވިއްކި މައްސަލައިގައި ދިވެހި ފިރިހެނަކާއި ތައިލޭންޑު އަންހެނަކު ރޭ ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް ފޮނުވި މައުލޫމާތުގައި ފުލުހުން ބުނީ، ތިނަދޫ ސިޓީގައި ފައިސާއަށް ހަށިވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 11:30 ހާއިރު ހިންގި އޮޕަރޭޝަނެއްގައި އެ ރަށުގެ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކުރީ އުމުރުން 52 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ތައިލޭންޑް އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ. އެ މީހުން ހައްޔަރުކުރީ ބަދުއަޚުލާގީ އަމަލު ހިންގަމުން ދަނިކޮށް ކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ.