ފުވައްމުލަކުގެ ފުނާޑު އަވަށުގެ ޗަސްބިމުގައި ރޯވެ އަނދަނީ
ސަން
30 ނޮވެމްބަރު 2025 | އާދިއްތަ | 12:01
ފުވައްމުލަކުގެ ފުނާޑު އަވަށުގެ ޗަސްބިން ސަރަހައްދުގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފިއެވެ.
'ސަން'އިން ސުވާލުކުރުމުން ފުވައްމުލަކު ހުޅަނގު ދެކުނު ކައުންސިލަރު އާމިނަތު އިނާޔާ ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 10:48 ހާއިރު ކަމަށެވެ.
އެމްއެންޑީއެފުން ބުނީ، ފުވައްމުލަކު ފުނާޑު އަވަށުގެ ޗަސްބިން ސަރަހައްދުގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ފަޔާ އެންޑް ރެސްކިއުއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.