ގަވައިދާ ޚިލާފަށް އުޅެމުންދިޔަ ނުވަ ބިދޭސިއަކު ހިފަހައްޓައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ސަން

30 ނޮވެމްބަރު 2025 | އާދިއްތަ | 12:28

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުުރުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ނުވަ ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ރޭ ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ފުލުހުން ކުރި ޕޯސްޓެއްގައި ވަނީ، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އިކޮނޮމިކް މިނިސްޓްރީއާއި އިމިގްރޭޝަނާއި ކަސްޓަމްސްއާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖުމްލަ އެގާރަ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެގޮތުން ބަލައި ފާސްކުރި ތަންތަނުގެ ތެރޭގައި ވިޔަފާރިކުރަމުންދާ ތަންތަނާއި އެކޮމޮޑޭޝަނަކާއި ގާ އެޅުމުގެ މަސައްކަތްކުރާ ތަނެއް ބެލި ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.

މައުޟޫޢުތަށް