ދިވެހި މީޑިއާތަކުގެ ބައިވެރިވުމާއެެކު ސްރީ ލަންކާއަށް އެހީވުމަށް ޚާއްސަ ޓެލެތޯން ފަށައިފި

ސަން

30 ނޮވެމްބަރު 2025 | އާދިއްތަ | 9:58

ތޫފާން 'ދީތުވާ'ގެ ސަބަބުން ސްރީ ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިސް ނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތަކެއްގެ ބައިވެރިވުމާއެކު ބާއްވާ ޚާއްސަ ޓެެލެތޯނު "ސިލޯނާއެކު ދިވެހިން" ފަށައިފިއެވެ.

މި ޓެލެތޯން ފެށީ މިއަދު ހެނދުނު 09:00 ގައި ޕީއެސްއެމްގެ ސްޓޫޑިއޯގައި އޮތް ޚާއްސަ ރަސްމިއްޔާތަކުންނެވެ. މި ޓެލެތޯން މިރޭ މެންދަމުން އަލިވެ 01:00 އާ ހަމައަށް ކުރިއަށްދާނެއެވެ.

މި ޓެލެތޯން ފައްޓަވައިދެއްވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔާމީން ރަޝީދު ވިދާޅުވީ މިއީ ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތަކީ ލަންކާއާ ދިވެހިންނާ މެދު އޮންނަ ޒަމާންވީ ގުޅުމުގެ މައްޗަށް ބިނާކޮށް ދިވެހިން ލަންކާއާއެކު އެއްބައިވަންތަކޮށް ތިބިކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

މައުޟޫޢުތަށް