ފުލުހުން ފެނުމުން ފިލަން އުޅުނު ޒުވާނަކު، މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި

ސަން

30 ނޮވެމްބަރު 2025 | އާދިއްތަ | 12:06

ފުލުހުން ފެނުމުން މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތްކުރުމުގެ ތުހުމަތުގައި ޒުވާނަކު އިއްޔެ ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ޕެޓްރޯލްކުރަމުން ދިޔަ ފުލުހުން ފެނުމުން އޭނާ ދުއްވަން އިން ސައިކަލުގެ ސްޕީޑް ބާރުކޮށް ފުލުހުންނަށް ފިލަން މަސައްކަތްކުރާކަން ފާހަގަކުރެވިގެން ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން، އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް