ސްކޭމްކޮށްގެން 1250 ޑޮލަރު ހޯދިކަމަށް ތުހުމަތުކޮށް ޒުވާނަކު ހައްޔަރުކޮށްފި

ސަން

30 ނޮވެމްބަރު 2025 | އާދިއްތަ | 11:57

މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ފައިސާ ހޯދައި އެފައިސާތައް ވިޔަފާރި އެކައުންޓްތަކަކަށް ޖަމާކުރުވައި، ނަގަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ ބ. ތުޅާދޫ، މަންޒަރުގެ، އުމުރުން 23 އަހަރުގެ މުޙައްމަދު ޝާވިން ކަމަށެެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ޑޮލަރު މާރުކުރުމަށް ވައިބާ ގްރޫޕަކުން ފެނުނު ފަރާތަކަށް 1250 ޑޮލަރު ޓްރާންސްފާކުރުމުން އެ ޑޮލަރަށްވާ ރުފިޔާ ދީފައިނުވާތީ މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

މައުޟޫޢުތަށް