ކުރިން މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް އަންގާރާގައި ކެރީގެ އަސަރު ކުރާނެ

ސަން

30 ނޮވެމްބަރު 2025 | އާދިއްތަ | 1:46

އަންގާރަ ދުވަހު މޫސުން ރަނގަޅުވާނެކަމަށް ކުރިން ލަފާކުރެވުނު ނަމަވެސް، އެ ދުވަހު ވެސް ކެރީގެ އަސަރު ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން ހުކުރު ދުވަހު ބުނި ގޮތުގައި، ލަންކާ ކައިރީގައި އުފެދިފައިވާ ތޫފާން ދަތުރުކުރަނީ ރާއްޖެއާ ދުރަށެވެ. އަދި މޫސުން ރީތިވާނީ އަންނަ އަންގާރަ ދުވަހުގެ ފަހުން ކަމަށް ވަނީ ބުނެފައެވެ. މެޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، "ދިތުވާ"ގެ ނަމުން ނަން ދީފައިވާ އެ ތޫފާން ލަންކާގެ އިރުމަތީ އައްސޭރިފަށަށް ދަތުރުކުރަމުން އަންނަ ކަމަށް ބުނެފައެވެ.

މިއަދު "ސަން" އަށް މައުލޫމާތުދެމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އަންގާރަ ދުވަހުގައި މޫސުން އަލިނުވާނެ ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށެވެ. އެހެން ނަމަވެސް، ދަތުރުކުރަން ދަތިވާ ވަރަށް މޫސުން ގޯސް ނުވާނެ ކަމަށް މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.

މައުޟޫޢުތަށް