ހުޅުމާލެ ފޭސް އެކެއްގެ ގެސްޓު ހައުސެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ
ސަން
30 ނޮވެމްބަރު 2025 | އާދިއްތަ | 1:32
ހުޅުމާލެ ފޭސް އެކެއްގައި ހުރި ގެސްޓު ހައުސެއްގެ ރޫމެއް ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ހުޅުމާލެ ފޭސް އެކެއްގައި ހުރި ގެސްޓު ހައުސެއްގެ ރޫމެއްތެރޭ މަރުވެފައި އޮތް މީހަކު ފެނިގެން މިއަދު 12:14 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓު ލިބުމާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.