ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ލަންކާއަށް އެހީވާން ޓެލެތޯނަށް 10،001 ޑޮލަރު ހަދިޔާކޮށްފި
ސަން
30 ނޮވެމްބަރު 2025 | އާދިއްތަ | 1:57
ތޫފާން 'ދީތުވާ'ގެ ސަބަބުން ސްރީ ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން އިސްނަގައިގެން ބާއްވާ ޚާއްސަ ޓެެލެތޯނު "ސިލޯނާއެކު ދިވެހިން"އަށް ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން 10،001 ޑޮލަރު ހަދިޔާކޮށްފިއެވެ.
މި ޓެލެތޯން ފެށީ މިއަދު ހެނދުނު 09:00 ގައި ޕީއެސްއެމްގެ ސްޓޫޑިއޯގައި އޮތް ޚާއްސަ ރަސްމިއްޔާތަކުންނެވެ. މި ޓެލެތޯން މިރޭ މެންދަމުން އަލިވެ 01:00 އާ ހަމައަށް ކުރިއަށްދާނެއެވެ.
މިހާތަނަށް މި ޓެެލެތޯނަށް ވަނީ ޖުމްލަ 725،626.54 ރުފިޔާ ހަދިޔާކޮށްފައެވެ.