ޕީއެންސީގެ ކައުންސިލް ޕްރައިމަރީއަށް މާދަމާ ހުޅުވާލަނީ، އާ މެންބަރުންނަށް ވެސް ކުރިމަތިލެވޭނެ
ސަން
30 ނޮވެމްބަރު 2025 | އާދިއްތަ | 4:34
ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ، ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެކަން އެ ޕާޓީން މިއަދު ހާމަކޮށްފިއެވެ.
ޕީއެންސީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އަދި ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ، ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް މާދަމާއިން ފެށިގެން ފުރުސަތު އޮންނާނެ ކަމަށެވެ.
ފަލާހު ވިދާޅުވީ، މިފެށޭ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހު އިރުއޮއްސި ހައެއް ޖަހަންދެން، ޕާޓީގެ ވެބްސައިޓް މެދުވެރިކޮށް ކުރިމަތިލުމުގެ ފުރުސަތު މެންބަރުންނަށް އޮންނާނެ ކަމަށެވެ.