ލަންކާއަށް އެހީވާ ޓެލެތޯނަށް ހަތް ގަޑިއިރުން 1.4 މިލިއަން ރުފިޔާ!
ސަން
30 ނޮވެމްބަރު 2025 | އާދިއްތަ | 4:20
ތޫފާން 'ދީތުވާ'ގެ ސަބަބުން ސްރީ ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން އިސްނަގައިގެން ބާއްވާ ޚާއްސަ ޓެެލެތޯނު "ސިލޯނާއެކު ދިވެހިން"އަށް 1.4 މިލިއަން ރުފިޔާގެ ފައިސާގެ އެހީ ލިބިއްޖެއެވެ.
މި ޓެލެތޯން ފެށީ މިއަދު ހެނދުނު 09:00 ގައި ޕީއެސްއެމްގެ ސްޓޫޑިއޯގައި އޮތް ޚާއްސަ ރަސްމިއްޔާތަކުންނެވެ. މި ޓެލެތޯން މިރޭ މެންދަމުން އަލިވެ 01:00 އާ ހަމައަށް ކުރިއަށްދާނެއެވެ.
މިހާތަނަށް މި ޓެެލެތޯނަށް ވަނީ ޖުމްލަ 1،402،803.44 ރުފިޔާ ހަދިޔާކޮށްފައެވެ. އަދި 37،448.95 ޑޮލަރު ވަނީ ހަދިޔާކޮށްފައެވެ.