ހާލުގައި ޖެހިފައިވާ ލަންކާއަށް ސިޔާމްގެ ދެ ލައްކަ ޑޮލަރުގެ އެހީއެއް
ސަން
30 ނޮވެމްބަރު 2025 | އާދިއްތަ | 5:31
އަވައްޓެރި ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން، ސަން ސިޔާމް ގްރޫޕްގެ ފަރާތުން ދެ ލައްކަ ޑޮލަރު އެ ގައުމަށް ހަދިޔާކުރަން ނިންމައިފިއެވެ.
ސްރީލަންކާ ސަފީރު މުޙައްމަދު ރިޒްވީ ހަސަންއާ މިއަދު ބައްދަލު ކުރައްވައި އެހީގެ ރަމްޒީ ޗެކް، ސަފީރަށް ހަވާލުކޮށްދެއްވީ ސަން ސިޔާމް ގްރޫޕުގެ ބާނީ އަޙްމަދު ސިޔާމް މުޙައްމަދެވެ. މިއަދު ވަނީ އެ ދެ ލައްކަ ޑޮލަރުގެ ތެރެއިން 75،000 ޑޮލަރު ހަދިޔާ ކުރައްވައިފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ފައިސާ ހަވާލު ކުރައްވަން ވަނީ ނިންމަވައިފައެވެ.
އެއަށްފަހު ދެ ބޭފުޅުން ވެސް ވަނީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމާއި، ދެ ގައުމުގެ ހަރުދަނާ އެކުވެރިކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅުދައްކަވައިފައެވެ.