ސިވިލް ކޯޓުގެ ދެ ގާޒީންނާ ދެކޮޅަށް، މުވައްޒަފުން ޖޭއެސްސީއަށް

ސަން

30 ނޮވެމްބަރު 2025 | އާދިއްތަ | 7:30

ސިވިލް ކޯޓުގެ ދެ ގާޒީން ކަމަށްވާ، ހާފިޒާ އަބްދުއްސައްތާރާއި އަބްދުﷲ އިހްސާނާ ދެކޮޅަށް، ސިވިލް ކޯޓުގެ މުވައްޒަފުންތަކެއް ޖޭއެސްސީއަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހާފިޒާއާއި އިހުސާނާ ގުޅޭ ގޮތުން ސިވިލް ކޯޓުގެ މުވައްޒަފުންތަކެއް ހުށަހެޅި މައްސަލައާ މެދު ޖުޑީޝަލް ސަވިސް ކޮމިޝަނުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ގާޒީ ހާފިޒާއާ ގުޅޭ ގޮތުން މުވައްޒަފުން ހުށަހަޅާފައިވަނީ، މުވައްޒަފުންނާ މުއާމަލާތްކުރާ ގޮތާއި އަމަލުތައް ބަހައްޓަވާ ގޮތާމެދު ހިތްހަމަ ނުޖެހިގެންނެވެ. މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ހަފުތާގައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

މައުޟޫޢުތަށް