ރާއްޖޭގައި ތިބި ލަންކާ ރައްޔިތުން: އާއިލާ ވީ ތަނެއްވެސް ނޭނގޭ، އެންމެ ރުފިޔާއަކަށް ވެސް ޝުކުރުވެރިވަން

ސަން

30 ނޮވެމްބަރު 2025 | އާދިއްތަ | 11:12

އަވައްޓެރި ސްރީ ލަންކާއަށް ކުރިމަތިވެފައިވާ ކާރިސާއާ ގުޅިގެން، އެ ގައުމަށް އެހީވުމަށް ދިވެހި މީޑިއާތަކުން ގުޅިގެން ހިންގާ ޓެލެތޯންގައި، ރާއްޖޭގައި މަސައްކަތްކުރާ ލަންކާގެ ރައްޔިތުން މިރޭ ޝުއޫރު ފާޅުކޮށްފިއެވެ.

ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުން ފަދަ ހާދިސާތަކުގައި މިހާތަނަށް 334 މީހުން ވަނީ މަރުވެފައެވެ. އަދި 370އަށް ވުރެ ގިނަ މީހުން ގެއްލިގެން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން އިސް ނަގައިގެން މިއަދު ފަށައިފައިވާ "ސިލޯނާއެކު ދިވެހީން" ޓެލެތޯންއަށް މިހާތަނަށް 2.37 މިލިއަން ރުފިޔާއާއި 38،322 ޑޮލަރު ހަދިޔާކޮށްފައިވެއެވެ.

މައުޟޫޢުތަށް