އޭސީސީން ރައީސް މުއިއްޒުގެ މައްސަލަތައް ނުބަލަނީ ''ފިޝް އެންޑް ޗިޕްސް'' ދޭތީ: ޔާމީން
ސަން
1 ޑިސެމްބަރު 2025 | ހޯމަ | 9:15
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތުހުމަތުކުރެވޭ މައްސަލަތައް ނުބަލަނީ އެ ކޮމިޝަން ވެސް ކޮރަޕްޓްވެފައި އޮތުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރޭ ތުހުމަތުކުރައްވައިފިއެވެ.
ރައީސް މުއިއްޒަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް އިދިކޮޅު ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. އެކަމަކު، އެ ކަންކަން ރައީސް ދޮގުކުރައްވައެވެ. އަމިއްލަފުޅު ގެކޮޅުގައި ޕީއެންއެފުން ބޭއްވި "ޓައުންހޯލް" ޖަލްސާގައި ޔާމީން ވަނީ އެ ތުހުމަތުތަކާ ގުޅުވައި ވާހަކަދައްކަވާފައެވެ.
އެ މަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި، ރައީސް މުއިއްޒު އެކި އިދާރާތަކުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ރައީސް ގިނަ އަދަދަކަށް ފައިސާ ދެއްވައެވެ. އެގޮތުން، އޭސީސީ ހިމެނޭހެން އެކި އިދާރާތަކަށް ރައީސަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަތައް ބަލަން ހުށަހަޅާފައި ހުއްޓަސް، އެ ކަން ނުވާކަން ކަންބޮޑުވުމާ އެކު ޔާމީން ފާހަގަކުރެއްވިއެވެ.