ލަންކާއަށް އެހީވާން ކުރިއަށް ގެންދާ ޓެލެތޯންގެ މުއްދަތު އިތުރުކޮށްފި

ސަން

30 ނޮވެމްބަރު 2025 | އާދިއްތަ | 11:50

ތޫފާން 'ދީތުވާ'ގެ ސަބަބުން ސްރީ ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ގިނަ މީޑިއާތަކެއްގެ ބައިވެރިވުމާއެކު "ސިލޯނާއެކު ދިވެހީން"ގެ ނަމުގައި ބާއްވާ ޓެލެތޯން ހުއްޓާނުލައި، މާދަމާގެ 14:00އާ ހަމައަށް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މިއަދު ހެނދުނު 09:00 ފެށި، މި ޓެލެތޯން ކުރިއަށް ގެންދަން ނިންމާފައި އޮތީ، މިރޭ 1:00އާ ހަމައަށެވެ.

އެކަމަކު، މި ހަރަކާތް އިންތިޒާމު ކުރާ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީން ރަޝީދު މިރޭ ވަނީ، ޓެލެތޯންގެ މުއްދަތު އިތުރުކުރިކަން ހާމަކުރައްވާފައެވެ.

މައުޟޫޢުތަށް