ލަންކާއަށް އެހީވާން އާރްޑީސީގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ހަދިޔާކޮށްފި
ސަން
1 ޑިސެމްބަރު 2025 | ހޯމަ | 12:15
"ސިލޯނާއެކު ދިވެހީން"ގެ ނަމުގައި ކުރިއަށް ގެންދާ ޚާއްސަ ޓެލެތޯނުގައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ހިމެނޭ ގޮތަށް، ޖުމަލަ އެއްލައްކަ ރުފިޔާ މިރޭ ހަދިޔާކޮށްފިއެވެ.
ޕީއެސްއެމްގެ ފަރާތުން މި ފައިސާއާ ހަވާލުވެވަޑައިގަތީ، ޕްރޮޖެކްޓް ލޭންޑް އެންޑް ބިޒްނަސް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރު އައިޝަތު އާސިފާއެވެ.
އާރްޑީސީގެ ފަރާތުން ވަނީ، އެ ކުންފުނީގެ މުވައްޒަފުން ވެސް ތިބީ، ލަންކާއަށް އެހީވުމަށް ތައްޔާރަށް ކަމަށް ބުނެފައެވެ. އެގޮތުން، މިއަދު ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި، އެ ކުންފުނީގެ ކޮންމެ މުވައްޒަފަކު ވެސް ނިންމީ، އެއް ދުވަހުގެ މުސާރަ ހަދިޔާ ކުރުމަށް ކަމަށް ކުންފުނީގެ ފަރާތުން ބުނެފައިވެއެވެ.