ހުޅުމާލެއިން ގެއްލުނު ކުޑަކުއްޖާ އަމިއްލައަށް ގެއަށް ގޮސްފި

ސަން

30 ނޮވެމްބަރު 2025 | އާދިއްތަ | 11:27

ހުޅުމާލެ ފޭސް ދެއަކުން ގެއްލިގެން އިއުލާންކުރި 14 އަހަރުގެ އަންހެން ކުއްޖާ އަމިއްލައަށް އާއިލާއާ ހަވާލުވެއްޖެއެވެ.

ފުލުހުން މިއަދު ކުރި އިއުލާނެއްގައި ވަނީ ރ. ދުވާފަރު /ސިކްސް ސެންސް، ޝިބާ ރަޝީދު (14އ) ގެއްލިގެން ހޯދަމުން އަންނަ ކަމަށް ބުނެފައެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ 05:55 އެހާކަންހާއިރު ގެއިން ނުކުމެގެން ދިޔަގޮތަށް އެ ކުއްޖާއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ރިޕޯޓްކޮށްފައިވަނީ ހަމަ އެ ދުވަހު ކަމަށެވެ.

މައުޟޫޢުތަށް