ކުޅުދުއްފުށްޓަށް ޑްރަގް ގެންދަން އުޅުނު މީހާ އުމުރަށް ޖަލަށް
ސަން
1 ޑިސެމްބަރު 2025 | ހޯމަ | 9:51
ހދ. ކުޅުދުއްފުށްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު އުމުރަށް ޖަލަށްލާން، އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
ދެހާސް ތޭވީސް ވަނަ އަހަރުގެ ޖަނަވަރީ މަހު، ކުޅުދުއްފުށްޓަށް މަސްތުވާތަކެތި ގެންދަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރިއަތް ކުރުމަށް ފަހު އުމުރަށް ޖަލަށްލާފައިވަނީ ކުޅުދުއްފުށީ ލޫނާ، އަލީ މުހައްމަދެވެ. އަލީ މުހައްމަދުގެ މައްޗަށް، އާދިއްތަ ދުވަހު ހުކުމް ކުރިއިރު، އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އަލީ މުހައްމަދު، ކުޅުދުއްފުށްޓަށް މަސްތުވާތަކެތި ގެންދަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ފުލުހުންގެ އިންޓެލިޖެންސްގެ ފަރާތުންނެވެ.