އެއްވެސް ރައީސަކަށް ދެވަނަ ދައުރެއް ނުލިބެނީ އަދުލު އިންސާފު ހޯދައި ނުދޭތީ: ކުޑޫ

ސަން

1 ޑިސެމްބަރު 2025 | ހޯމަ | 10:48

އާ ގާނޫނުއަސާސީގެ ދަށުން ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ރައީސަކަށް ދެވަނަ ދައުރެއް ލިބިވަޑައިނުގަންނަވަނީ އަދުލު އިންސާފު ހޯދައިނުދޭތީ ކަމަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ އަދުލު އިންސާފު ގާއިމުކުރުމުގައި ކޯޓުތަކުން ތަފާތުކުރުން ގެންގުޅޭ ކަމަށް ވިދާޅުވެ، މެންބަރުންގެ ޚިޔާލު ހޯދަން ގަރާރެއް ހުށަހަޅުއްވާފައެވެ.

ގަރާރަށް ބަހުސްކުރައްވަމުން ކުޑޫ ވަނީ އެއްވެސް ސަރުކާރެއްގައި އަދުލު އިންސާފު ނުލިބޭކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ތެރެއިން ނިޒާމުތައް ރާވަނީ ވެސް ބޮޑެތި ކުށްވެރިންނަށް ސަލާމަތްވެވޭ ގޮތަށް އަދި ވެރިން ބޭނުންފުޅުވާ ބަޔަކު ސަލާމަތްކުރެވޭ ގޮތަށެވެ.

މައުޟޫޢުތަށް