ބޭބެގެ މަރަށް 24 ގަޑިއިރު ނުވެ ކޮއްކޮ ނިޔާވެއްޖެ

ސަން

1 ޑިސެމްބަރު 2025 | ހޯމަ | 11:01

އޭދަފުށީގެ އެންމެ ރީތި މިސްކިތް ބިނާކުރެއްވި އެ ރަށުގެ ޚިދުމަތްތެރިޔާ މުޙައްމަދު ޢަލީ އަވަހާރަވީތާ 24 ގަޑިއިރު ވެސް ނުވެ، އޭނާގެ ކޮއްކޮ، އާމިނަތު ޢަލީ ނިޔާވެއްޖެއެވެ.

މުޙައްމަދު ޢަލީ އަވަހާރަވީ ރޭގެ ވަގުތެއްގައެވެ. 'ސަން'އަށް އެނގިފައިވާ ގޮތުގައި، އުމުރުން 91 އަހަރުގެ މުހައްމަދު އަލީ ނިޔާވީ އިންޑިއާގައި ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

އާމިނަތު ނިޔާވިކަން "ސަން"އަށް ކަށަވަރުކޮށްދެމުން އެ ރަށުގެ އިސް ބޭފުޅަކު ވިދާޅުވީ އޭނާ ނިޔާވީ އުމުރުން 85 އަހަރުގައި މުސްކުޅި ބަލީގައި ކަމަށެވެ.

މައުޟޫޢުތަށް