ވޯޓާ ޕާކަށް ގިނަ އަދަދެއްގެ ފުލުހުން ވަދެ، ގެންދިޔައީ ވެއްޓިފައި އޮތް ޒުވާން އަންހެނެއް

ސަން

1 ޑިސެމްބަރު 2025 | ހޯމަ | 2:29

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ވޯޓާ ތީމް ޕާކަށް ރޭ ގިނަ އަދަދެއްގެ ފުލުހުން ވަދެގެން، އެ ތަނުން ގެންދިޔަ ވެއްޓިފައި އޮތް މީހާއަކީ ޒުވާން އަންހެނެއް ކަމަށް ފުލުހުން ބުނެފިއެވެ.

ރޭ 21:45 ހާއިރު އެ ސަރަހައްދުގައި ހުރި 'ސަން'ގެ ނޫސްވެރިއަކަށް ވަނީ ހަތަރު ސައިކަލުގައި ފުލުހުން އެ ސަރަހައްދަށް ދިޔަ މަންޒަރު ފެނިފައެވެ. އޭގެ ފަހުން، ފުލުހުންގެ ކާރެއް ގޮސް، އެއް ފަހަރާ ވޯޓާ ތީމް ޕާކަށް ވަންނަ މަންޒަރު ވަނީ ފެނިފައެވެ.

މި ކަމާ ގުޅޭގޮތުން މިއަދު "ސަން" އަށް މައުލޫމާތުދެމުން ފުލުހުން ބުނީ، ރޭ އެޕާކުން ބޮލަށް އަނިޔާވެފައިވާ އަންހެނަކު ފެނުނުކަމުގެ މައުލޫމާތު، އެ މުއައްސަސާއަށް ލިބުނީ ރޭ 21:31 އެހާކަށްހާއިރުގައި ކަމަށެވެ. އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވުމަށް ފަހު ނުކުތްއިރު، ވެއްޓިފައި އޮތް މީހަކު އަތްދަނޑި މައްޗަށް ލާފައި އޮތެވެ. އަދި، އޭނާ ގޮވައިގެން ފުލުހުންގެ ކާރުގައި ދިޔަ މަންޒަރު ވެސް 'ސަން'ގެ ނޫސްވެރިޔާއަށް ވަނީ ފެނިފައެވެ.

މައުޟޫޢުތަށް