ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓްރީކުރުން ހުއްޓާލައިފި
ސަން
1 ޑިސެމްބަރު 2025 | ހޯމަ | 2:44
ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓްރީކުރުން މިވަގުތަށް ހުއްޓާލައިފި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ ނަމުގައި އުޅަނދު ރަޖިސްޓަރީ ކުރުމުގެ ޚިދުމަތް، ޓްރާންސްޕޯޓް މިނިސްްޓްރީން މިވަގުތަށް ހުއްޓާލާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ޚާއްސަކޮށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ގިނަވެ، ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ޓަކައި މި ފިޔަވަޅު އަަޅަން ޖެހުނު ކަމަށް ވިދާޅުވިއެވެ.
އަދި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އިސްލާހުކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީ މި ވަގުތަށް މިގޮތަށް ސަރުކާރުން ނިންމީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.