އަތޮޅު ކައުންސިލް އުވާލަން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ތަސްދީގުކުރައްވައިފި

ސަން

1 ޑިސެމްބަރު 2025 | ހޯމަ | 3:29

އަތޮޅު ކައުންސިލުތައް އުވާލަން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

އަތޮޅު ކައުންސިލުތައް އުވާލަން ގާނޫނުއަސާސީއަށް ހަތްވަނަ އިޞްލާޙު ގެނައުމުގެ ބިލު، މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހެވެ. އެ ދުވަހު އެ ބިލު ފާސްކުރީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ 75 މެންބަރުންގެ ވޯޓާއެކުގައެވެ.

އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން ވަނީ ގާނޫނުއަސާސީގެ އިތުރުން ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ގާނޫނަށާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ވެސް އިސްލާހު ގެނެސްފައެވެ.

މައުޟޫޢުތަށް