ޚިޔާނާތުގެ މައްސަލަ ފީފާގެ ބަހެއް ނެތި ނުބެލޭނެ ކަމަށް ބުނެ، ބައްސާމް ހައިކޯޓަށް
ސަން
1 ޑިސެމްބަރު 2025 | ހޯމަ | 8:17
އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެ، މިހާރުވެސް ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޚިޔާނާތުގެ މައްސަލަތައް ފީފާގެ ބަހެއް ނެތި ނުބެލޭނެ ކަމަށް ބުނެ، ބައްސާމްގެ ފަރާތުން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ބައްސާމް، ފީފާގެ ފައިސާއަށް ޚިޔާނަތްތެރިވީ މައްސަލަ ފީފާގެ ބަހެއް ނެތި ކްރިމިނަލް ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ނެގި ދިފާއު ކްރިމިނަލް ކޯޓުން އޮތީ ބަލައި ނުގަންނަން މިދިޔަ މަހު ނިންމާފައެވެ.
ބައްސާމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މި މައްސަލައެވެ. އެކަމަކު މި މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނިންމި ކަމެއް އެނގިފައެއް ނެތެވެ.