ގެއްލުމުގައި ހިންގާ ކުންފުނިތަކަށް ބަޖެޓުން 1.7 ބިލިއަން ޚަރަދުކޮށްފި

ސަން

1 ޑިސެމްބަރު 2025 | ހޯމަ | 4:20

ދައުލަތުގެ ބަޖެޓުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 1.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން އެނގިއްޖެއެވެ.

އެތައް ބިލިއަން ރުފިޔާއަކުން ދަރާފައިވާ ދައުލަތުގެ ކުންފުނިތަކަށް ސަރުކާރުން ބޮޑު ހޭދައެއް ކުރަންޖެހެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ މަހު 20 ވަނަ ދުވަހާ ހަމައަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ބަޖެޓުން 1.7 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ، މިދިޔަ އަހަރަށްވުރެ 175 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި، މި އަހަރަށް ބަޖެޓުކުރި 378 މިލިއަން ރުފިޔާއަށްވުރެ 1.3 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މައުޟޫޢުތަށް