ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ސަނީ އުމަރު ރާއްޖެ އައުމާއެކު ފުލުހަށް ހާޒިރުކޮށްފި

ސަން

1 ޑިސެމްބަރު 2025 | ހޯމަ | 4:25

މޯލްޑިވްސް ހަލާލް ޓްރެވެލް ބްރޭންޑުގެ ދަށުން ޓްރެވަލް ދާއިރާގެ ޚަބަރުތައް ގެނެސްދޭ މީޑިއާގައި އިސްކޮށް އުޅުއްވި ޑރ. ހުސައިން ސަނީ އުމަރު، ރާއްޖެ އައުމާއެކު، އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލުކުރުމަށް ފުލުހުންގެ, ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ޔުނިޓަށް މިއަދު ހާޒިރުކޮށްފިއެވެ.

ބައެއް މީޑިއާތަކުގައިވާ ގޮތުން ތުހުމަތު ކުރެވޭ ގޮތުގައި ސަނީ ވަނީ އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައެވެ. އޭގެ ތެރެއިން އެއް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކީ 18 އަހަރުން ދަށުގެ ދެ ކުދިން ކަމަށް އެ މީޑިއާތަކުގައިވެއެވެ. އަދި މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން ސަނީ ފުރައިގެން ދިޔައީ އިންޑިއާގެ ނިއުދިއްލީއަށެވެ.

މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު ތަފްސީލެއް ކުރިން ފުލުހުން ނުދެއެވެ.

މައުޟޫޢުތަށް