ދައުރު ފުރިހަމަކުރެއްވި ނައިބު ރައީސުންގެ އިނާޔަތް 30،000 ރުފިޔާއަށް ބޮޑުކޮށް، އިއްތިފާގުން ފާސްކޮށްފި

ސަން

1 ޑިސެމްބަރު 2025 | ހޯމަ | 5:20

ދައުރު ފުރިހަމަކުރެއްވި ނައިބު ރައީސުންނަށް ދައުލަތުން ދޭ އިނާޔަތުގެ ގޮތުގައި ހުށަހެޅި 25،000 ރުފިޔާ، 30،000 ރުފިޔާއަށް ބޮޑުކުރުމަށް ނިންމައި، ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގުން މިއަދު އެ ނިންމުން ފާސްކޮށްފިއެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ރައީސްކަން ކުރެއްވި ބޭފުޅުންނަށް ބޮޑެތި މާލީ އިނާޔަތްތަކާއި ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދޭއިރު, މިހާތަނަށް ރާއްޖޭގައި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް އެއްވެސް އިނާޔަތެއް ވެސް އަދި ދައުލަތުގެ ސެކިއުރިޓީއެއްވެސް ނުދެއެވެ.

ކަން އެހެން އޮއްވައި، ނައިބުންނަށް އިނާޔަތެއް ދޭން މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ނައިބު ރައީސުންނަށް އިނާޔަތެއް ދިނުމުގެ އިތުރުން ރަސްމީ އޮފީސް ހިންގަން ކުރީގެ ރައީސުންނަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ދެމުން އަންނަ 175،000 ރުފިޔާ އުނި ކުރަން ޝާހިދުގެ އިސްލާހުގައި ހިމަނާފައިވެއެވެ.

މައުޟޫޢުތަށް