ފުރައިގެން ދާން އުޅެނިކޮށް ސަނީ އުމަރު ހައްޔަރުކޮށްފި
ސަން
1 ޑިސެމްބަރު 2025 | ހޯމަ | 9:56
ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ، މޯލްޑިވްސް ހަލާލް ޓްރެވެލް ބްރޭންޑުގެ ދަށުން ޓްރެވަލް ދާއިރާގެ ޚަބަރުތައް ގެނެސްދޭ މީޑިއާގައި އިސްކޮށް އުޅުއްވި ޑރ. ހުސައިން ސަނީ އުމަރު، ފިލައިގެން ދާން އެއާޕޯޓުގައި ހުއްޓައި ހައްޔަރުކޮށްފިއެވެ.
ސަނީ އުމަރު ރާއްޖެ އައުމާއެކު، އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލުކުރުމަށް ފުލުހުންގެ, ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ޔުނިޓަށް މިއަދު ހާޒިރުކުރިއެވެ.
'ސަން' އަށް އެނގިފައިވާ ގޮތުގައި އޭނާ ފުލުހުން ހައްޔަރުކުރީ، ފިލައިގެން ދާން އެއާޕޯޓުގައިއ ހުއްޓައެވެ.