ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސްފި، ރައީސް ވިދާޅުވީ ރަސްމާލެ ހިއްކުން 3 ގުނަ އަވަސްވާނެ ކަމަށް

ސަން

1 ޑިސެމްބަރު 2025 | ހޯމަ | 5:48

ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސް ކ. ފުށިދިއްގަރު ފަޅުގައި ތަރައްގީކުރަމުން އަންނަ 'ރަސްމާލެ' ހިއްކުމުގެ މަސައްކަތް މިއަދު ފެށިއިރު، އެ މަސައްކަތުގެ ސްޕީޑު ތިން ގުނަ ހަލުވިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދުނިޔޭގައި އޮތް އެންމެ ބޮޑު 'ޓްރެއިލާ ސަކްޝަން ހޮޕާ' ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ގެނެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް ތިން ގުނައަށް ހަލުވި ކޮށްފައިވާ ކަމަށެވެ.

'ކްރިސްޓަބެލް ކޮލޯން' ކިޔާ އެ ޑްރެޖަރު އިއްޔެ ރަސްމާލެ ސަރަހައްދުގައި މޮބިލައިޒް ކޮށްފައިވާ ކަމަށާއި، ރޭ ފަތިހު ވެލި ނަގަން ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަދުގެ މެންދުރު ކުރީކޮޅު ވެލި އަޅަން ފަށާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މައުޟޫޢުތަށް