ލަންކާއަށް އެހީވުމަށް ވިލާ ގްރޫޕުން 100،000 ޑޮލަރު ހަދިޔާކޮށްފި
ސަން
1 ޑިސެމްބަރު 2025 | ހޯމަ | 6:11
ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ލިބެމުންދާ ގެއްލުންތަކަށް އެހީ ފޯރުކޮށްދިނުމަށްޓަކައި ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ކުންފުނި، ވިލާ ގްރޫޕުން 100،000 ޑޮލަރު ހަދިޔާކޮށްފިއެވެ.
ވިލާ ގްރޫޕްގެ ފަރާތުން އެހީ ހަވާލުކޮށްދެއްވީ ވިލާ ރިސޯޓްސްގެ ސީއީއޯ އަދި ގާސިމްގެ ދަރިފުޅު ސިޔާދް ގާސިމްއެވެ. އެހީއާ ހަވާލުވެވަޑައިގަތީ ލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ރިޒްވީ ހަސެންއެވެ.
އަވައްޓެރި ސްރީ ލަންކާއަށް ކުރިމަތިވި މި ތޫފާނުގައި އެ ގައުމުގެ އެތައް ބަޔަކު ގެއްލިފައިވާއިރު މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 300 އަށްވުރެ މައްޗަށް އަރައިފައެވެ.