ފެނަކަ ބްރާންޗުތަކުގައި ކެމެރާ ހަރުކުރުމުގެ ނަމުގައި ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުވާ ދެމީހަކަށް ދައުވާކޮށްފި

ސަން

1 ޑިސެމްބަރު 2025 | ހޯމަ | 7:42

ފެނަކައިގެ ބްރާންޗްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމުގައި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް، ކޮރަޕްޝަންގެ އަމަލުތައް ހިންގިކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓަރު މަރިޔަމް ދީނާ ޞާލިޙަށާއި އައިޓީ ޑިޕާޓްމަންޓްގެ ކުރީގެ ހެޑު އިސްމާޢީލް ޝަމްޢޫންގެ މައްޗަށް ދައުވާކުރަން މިއަދު ފޮނުވައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، މި ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ ދީނާއާއި ޝަމްޢޫން ޖޫން 25، 2018ގައި ފެނަކައިގެ ހުރިހާ ބްރާންޗްތަކުގައި ސެކިއުރިޓީ ކެމެރާ ސިސްޓަމަކާއި، ހެޑް އޮފީހުގައި ކޮމާންޑު ސެންޓަރަކާއި، ވީޑިއޯ ކޮންފަރެންސިން ސިސްޓަމް ގާއިމުގެ މަސައްކަތް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކުންފުންޏަކާ ހަވާލުކުރުމުގައި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.

މީގެ އިތުރުން ކެއިރެޓްސޫން ފެނަކައަށް ލިބެންޖެހޭ މުދާ ހަމައަށް ނުލިބެނީސް އެ މުދަލަށްވާ ފައިސާ ފެނަކައަށް ލިބިދިނުމުގައި ދެ މީހުންގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށްވެސް ދައުލަތުން އުފުލި ދައުވާގައިވެއެވެ.

މައުޟޫޢުތަށް