ކޯސްޓްގާޑު ޝިޕް 'ހުރަވީ'ގެ ފުރަތަމަ ރަސްމީ ދަތުރު ލަންކާއަށް، އެހީ ދޭން ތައްޔާރަށް އޮތް ކަމަށް ބުނެފި
ސަން
1 ޑިސެމްބަރު 2025 | ހޯމަ | 9:48
އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް 'ހުރަވީ'ގެ ފުރަތަމަ ރަސްމީ ދަތުރުގައި އަވައްޓެރި ސްރީ ލަންކާއަށް ގޮސްފައިވާއިރު، އެ ގައުމަށް މިހާރު ދިމާވެފައި އޮތް ގުދުރަތީ ކާރިސާގައި ދޭންޖެހޭ އިންސާނީ އެހީތެރިކަމާއި ޑިޒާސްޓާ ރިލީފް ސަޕޯޓް ފޯރުކޮށްދިނުމުގައި ތައްޔާރަށް އޮތް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި 'ހުރަވީ'ގެ މި ދަތުރަކީ ސްރީލަންކާ ނޭވީއަށް 75އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތްތަކުގައި ބައިވެރިވުމަށް ކުރި ދަތުރެކެވެ.
ނަމަވެސް ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ގުދުރަތީ ކާރިސާގައި، ދޭންޖެހޭ އިންސާނީ އެހީތެރިކަމާއި ޑިޒާސްޓާ ރިލީފް ސަޕޯޓް ފޯރުކޮށްދިނުމުގައި އެ ޝިޕުން ތައްޔާރަށް އޮތްކަން ސްރީލަންކާގެ ސަރުކާރަށް އަންގާފައި ވާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.