ކުޑަ ވަގުތުކޮޅެއް ތެރޭ ލަންކާއަށް ފުލުހުން ދިން އެހީއަށް ނަވީންގެ ތައުރީފު: އެނގެނީ ފުލުހުންގެ މެދުގައި އޮތް އެއްބައިވަންތަކަން!
ސަން
1 ޑިސެމްބަރު 2025 | ހޯމަ | 9:29
"ސިލޯނާއެކު ދިވެހީން"ގެ ނަމުގައި އަވައްޓެރި ސްރީލަންކާއަށް އެހީވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޚާއްސަ ޓެލެތޯނަށް ކުޑަ ވަގުތުކޮޅެއް ތެރޭ ފުލުހުންގެ ފަރާތުން ދިން އެހީތެރިކަމުން ހާމަވަނީ ފުލުހުންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އެއްބާރުލުމުގެ ރޫހު ކަމަށް، ފުލުހުންގެ ކޮމިޝަނަރު އިސްމާޢީލް ނަވީން މިއަދު ވިދާޅުވެއްޖެއެވެ.
އިއްޔެ ހެނދުނު ނުވައެއް ޖެހިއިރު ފެށި ޓެލެތޯން ނިންމާލީ މިއަދު އިރުއޮއްސުނު ވަގުތަށެވެ.
ރާއްޖޭގެ ގިނަ މީޑިއާތަކެއްގެ ބައިވެރިވުމާއެކު ކުރިއަށްގެންދިޔަ ޓެލެތޯނުގައި ފުލުހުން ވަނީ މިއަދު މެންދުރު 2.45 މިލިއަން ރުފިޔާގެ ފައިސާގެ އެހީތެރިކަން ދީފައެވެ.