އެކްސިޑެންޓުގައި އަނިޔާވި ދެމީހުން ހޮސްޕިޓަލަށް ގެންދިޔައީ އިހުސާންގެ ކާރުކޮޅުގައި!

ސަން

1 ޑިސެމްބަރު 2025 | ހޯމަ | 10:48

ސިނަމާލެ ބްރިޖު މަތީ މިރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެމީހުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ ކާރަށް އަރުވައިގެން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ދެ ސައިކަލު ބުރިޖު މަތިން ޖެހި، އެކްސިޑެންޓު ވެފައިވާ ކަމުގެ މައުލޫމާތު މިރޭ 18:35 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ދެ ސައިކަލުގައި ތިބި ދެ ފިރިހެނުންނަށް ކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް