ތޮއްޖެހިފައިވާ މާލޭގައި ޓްރެފިކް ލައިޓް ހަރުކުރާނަމަ ތަކުލީފުތައް އިތުރުވާނެ، ފަރުދީ ޒިންމާ އަދާކުރަން ޖެހޭ: ފުލުހުން
ސަން
2 ޑިސެމްބަރު 2025 | އަންގާރަ | 12:38
ތޮއްޖެހިފައިވާ މާލޭގައި ޓްރެފިކް ހައްލުކުރަން ޓްރެފިކް ލައިޓްތައް ހަރުކުރުމަކީ ތަކުލީފުތައް އިތުރުވާނެ ކަމެއް ކަމަށާއި ފަރުދީ ޒިންމާ އަދާކުރުން މުހިންމު ކަމަށް ފުލުހުން ބުނެފިއެވެ.
މާލޭ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޓްރެފިކް މައްސަލައަށް އެދެވިގެންވާ ހައްލެއް ނުލިބުމެވެ. މީގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފުލުހުންގެ ހެޑް އޮފް ސޭފްޓީ އެވެއާނެސް ޕްރިވެންޝަން، ސްޕްރިންޓެންޑް އޮފް ޕޮލިސް އަޙްމަދު ފަސީހް ވިދާޅުވީ މާލެ ސަރަހައްދުގެ ޓްރެފިކަށް ހައްލު ހޯދާ، ރައްޔިތުންނަށް މާލެ ސަރަހައްދުގެ މަގުތަކަކީ ފަސޭހަ ރައްކާތެރި ތަނަކަށް ހެދުމަށް އެތައް ބަދަލެއް ގެނެސް، އެ ބަދަލުތަކުގެ ނަތީޖާއަށް ބަލައި އިތުރު ބަދަލުތައް އަބަދު ވެސް ގެންނަމުން އަންނަ ކަމަށެވެ.