މަތީ ފަންތީގެ ބައްދަލުވުމުގައި ރައީސް ހުށަހެޅުއްވީ، ކުދި ގައުމުތަކުގެ މާލީ ދަތިތަކަށް ހައްލު ހޯދާނެ ގޮތްތަކެއް

ސަން

2 ޑިސެމްބަރު 2025 | އަންގާރަ | 10:46

އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި، ޑިވެލޮޕްމަންޓް ބޭންކުތަކުގެ ވެރިން ބައިވެރިވި މަތީ ފަންތީގެ ބައްދަލުވުމެއްގައި، ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ މާތީ ދަތިތަކަށް ހައްލު ހޯދަން މަގުފަހިވާނެ ގޮތްތަކެއް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ހުށަހަޅުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، އެ މަނިކުފާނު އެ ގޮތަށް ހުށަހެޅުއްވީ، 'ހައި-ލެވެލް ބްރީފިން އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން'ގައި ބައިވެރިވެވަޑައިގެން ކަމަށެވެ.

އެ އޮފީހުން ބުނީ، މި ބައްދަލުވުމުގެ މަގުސަދަކީ ގައުމުތަކުން ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތް ކުރުމުގައި ބައިނަލްއަގުވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި (އެމްޑީބީ)ތައް މެދުވެރިކޮށް ޕްރައިވެޓް ފައިނޭންސް މޮބަލައިޒްކުރުމުގެ މަސައްކަތްތައް ހަލުވިކުރުން ކަމަށެވެ.

މައުޟޫޢުތަށް