އަންނަ އަންގާރައާ ޖެހެންދެން މުޅި ރާއްޖެއަށް މޫސުން ގޯސް

ސަން

2 ޑިސެމްބަރު 2025 | އަންގާރަ | 2:28

އަންނަ ހަފުތާގެ އަންގާރަ ދުވަހާ ހަމައަށް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ލަފާކޮށްފިއެވެ.

"ސަން"އާ ވާހަކަދައްކަމުން މެޓް އޮފީހުގެ އޮފިޝަލަކު ބުނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ސަބަބުން އަންނަ އަންގާރަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެ ކަމަށެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ، އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުުރުމާ އެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި، ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް ވެސް ބުންޏެވެ.

މައުޟޫޢުތަށް